އައްޑޫސިޓީ ކައުންސިލްގެ އިދާރާ

13ވަނަ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ބޭނުންވާ ފައިސާ ކަނޑައެޅުމާ ގުޅޭ

6 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

13ވަނަ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތަށް ބޭނުންވާ ފައިސާ ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސެކްޝަނުގެ ހުށަހެޅުމުގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު،" 13ވަނަ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް" މުބާރާތުގެ އިންތިޒާމް ކޮމިޓީން މިޙަރަކާތަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ ޚަރަދު ފައިސާއަކީ، 459250.00ރުފިޔާ (ހަތަރު ލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ފަންސާސްރުފިޔާ) ކަމަށް ކަނޑައަޅައި ނިންމާފައިވާތީއާއި، މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ބަޖެޓްގައި މިވަގުތު 81000.00ރުފިޔާ (އަށްޑިހައެއްހާސް ރުފިޔާ) ކަނޑައެޅިފައިހުރުމުން، އެފައިސާއިން މިޙަރަކާތް ކުރިއަށް ގެންދިއުމަށް ދަތިވާނެކަން ފާހަގަކުރެވިފައިވާތީ، މި މުބާރާތް ކުރިއަށް ގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ، މިޙަރަކާތް ކުރިއަށްގެންދިއުމަށް ކައުންސިލްގެ ބަޖެޓްގައި ކަނޑައެޅިފައިވާ ބަޖެޓް ކޯޑަށް އިތުރު ކުރުމަށް ފެންނަ ކަމަށާއި، މިގޮތުން މިހާރު ބަޖެޓް ކޯޑުގައިހުރި ފައިސާގެ ތެރެއަށް 378250.00ރުފިޔާ، (ތިންލައްކަ ހަތްދިހައަށްހާސް ދުއިސައްތަފަންސާސްރުފިޔާ) އިތުރު ކުރުމަށްފަހު މިފައިސާ ޚަރަދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/05

ތާރީޚް: 6 ފެބުރުއަރީ 2020