އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުޑަކުދީންނަށް އެކަށީގެންވާ މާހައުލެއް ޤާއިމްކޮށް ހިތްފަސޭހަ ފަންނެއް ތަރައްޤީކުރުމުގެ ހުއްދަ ދިނުމާ ގުޅޭ

6 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.ހިތަދޫ ބުލޫ އައްސޭރި ކުރިމަތިން ފެށިގެން ސ.ހިތަދޫ ވިޒްޑަމް 2 ނަންބަރުގެ އާއި ހަމައަށް ބީޗް ރޯޑުން ހުޅަނގަށް އޮތް ސަރަހައްދުގައި ކުޑަކުދީންނަށް އެކަށީގެންވާ މާހައުލެއް ޤާއިމްކޮށް ހިތްފަސޭހަ ފަންނުގެ ގޮތުގައި ތަރައްޤީކުރުމުގެ ހުއްދަ ސ.ހިތަދޫ ކެތި ޝަފްރާޒް ޒާހިރުއަށް ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސ.ހިތަދޫ ބުލޫ އައްސޭރި ކުރިމަތިން ފެށިގެން ސ.ހިތަދޫ ވިޒްޑަމް 2 ނަންބަރުގެ އާއި ހަމައަށް ބީޗް ރޯޑުން ހުޅަނގަށް އޮންނަބައި 3 މަސްދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމުމަށް ޝަރުތުކޮށް ފުއްޓަރު ފަރާތުން އޮންނަ ހޭޅިފަށާވީ ސަރަހައްދު ރީތިކޮށް ބެލެހެއްޓުމަށާއި ކުޑަކުދީންނަށް އެކަށީގެންވާ މާހައުލެއް ޤާއިމްކޮށް ހިތްފަސޭހަ ފަންނުގެ ގޮތުގައި މިސަރަޙައްދު ތަރައްޤީކުރުމުގެ ހުއްދަ ދިނުމަށްފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/06

ތާރީޚް: 6 ފެބުރުއަރީ 2020