އައްޑޫސިޓީ ކައުންސިލްގެ އިދާރާ

09 ވަނަ އައްޑޫ ސްޓްރީޓް ސޮކަ ކަޕަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވުމާ ގުޅޭ

6 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދި ފޭދޫ ސްޕޯރޓްސްގެ ފަރާތުން 2020 ފެބްރުވަރީ ގައި ބާއްވާ " 09 ވަނަ އައްޑޫ ސްޓްރީޓް ސޮކަ ކަޕް" އަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދި ފޭދޫ ސްޕޯރޓްސްގެ ފަރާތުން 2020 ފެބްރުވަރީ ގައި ބާއްވާ " 09 ވަނަ އައްޑޫ ސްޓްރީޓް ސޮކަ ކަޕް" އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފެންނަކަމަށާއި، މިގޮތުން ކައުންސިލްގެ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން މުބާރާތް އިންތިޒާމްކުރާ ފަރާތަށް 10000.00ރުފިޔާ (ދިހަހާސްރުފިޔާ) އަދި ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރެވިގެން ހިންގާ ކްލަބް / ޖަމްޢިއްޔާ ތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިވެ މިއިދާރާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ކޮންމެ ޓީމަކަށް 5000.00ރުފިޔާ (ފަސްހާސްރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/09

ތާރީޚް: 6 ފެބުރުއަރީ 2020