އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަޙައްދުގައި ވެހިކަލްތައް ޕާރކް ކުރާނެ ސަރަޙައްދެއް ކަނޑައެޅުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނަންބަރު: 426-B (3)/2019/295 ނިންމުން ބާޠިލްކޮށް  އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓލް ސަރަޙައްދުގައި ވެހިކަލްތައް ޕާރކް ކުރާނެ ސަރަޙައްދެއް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މި އިދާރާގެ ނަމްބަރު  426-B (3)/2019/295 ނިންމުން  ބާޠިލު ކުރުމަށް ފަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަޙައްދުގައި ވެހިކަލްތައް ޕާރކް ކުރާނެ ސަރަޙައްދެއް ކަނޑައެޅުމަށް މާކިޅީގެ ފަހަތުން ކަނބިހާ މަގާދެމެދު އޮތް ސަރަހައްދު ރަނގަޅަށް ސާފުކޮށް ވެލިއަޅައި ކާރު އަދި ސައިކަލް ޕާރކް ކުރެވޭ ގޮތަށް މިސަރަޙައްދު ތަރައްޤީކުރުމަށާއި، މިގޮތުން މިސަރަޙައްދު ތަރައްޤީ ކުރެވިގެން ދާއިރު ބިމުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ވިޔަފާރިތައް (ގްރޯސަރީ/ރެސްޓޯރަންޓް ފަދަ) މި ސަރަހައްދުގައި ތަރައްޤީ ކުރެވޭނެ ގޮތަށް ބިމުގެ ޕްލޭން އެކުލަވާލުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (3)/2020/10

ތާރީޚް: 13 ފެބުރުއަރީ 2020