އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހުޅުދޫ ދަނބު ސުތުލިގޭ ޢަލީ ސަފީރު ޚާއްޞަ އެހިއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމުގައި އެހީތެރިވުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.ހުޅުދޫ ދަނބު ސުތުލިގޭ ޢަލީ ސަފީރު ޚާއްޞަ އެހިއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން 

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީމޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސ.ހުޅުދޫ ދަނބު ސުތުލިގޭ ޢަލީ ސަފީރު ރަށުގައި ބެހެއްޓުމުން މުޖްތަމަޢަށް ނުރައްކަލަކަށް ވުމުގެ އިތުރުން އަމިއްލަ ނަފުސަށް އަދި މީހަކަށް ގެއްލުމެއް ދީފާނެ ކަމަށް ބެލެވޭތީ،  ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމުގައި އެފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޢަލީ ސަފީރު އަށް ވައިގެ މަގުން 1 ކޮޅު ޓިކެޓް (ގަން/މާލެ) އަދި އެހީތެރިޔާއަށް ވައިގެ މަގުން 02ކޮޅު ދަތުރު (ގަން/މާލެ، މާލެ/ގަން) ޚަރަދަށް ހިނގާ 4008.00ރުފިޔާ (ހަތަރުހާސް އަށް ރުފިޔާ) ކައުންސިލަގެ ބަޖެޓްގައި ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިހުރި ފައިސާއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/11

ތާރީޚް: 13 ފެބުރުއަރީ 2020