އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިސްކިތްތަކުގެ ކާޕެޓް ދޮވެ ސާފުކުރުމަށް ކާޗަރ ކްލީނާރއެއް ހޯދުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިސްކިތްތަކުގެ ކާޕެޓް ދޮވެ ސާފުކުރުމަށް ކާޗަރ ކްލީނާރއެއް ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫގެ މިސްކިތްތަކަކީ ކާޕެޓް އަޅާފައި ހުރި މިސްކިތްތަކަށް ވެފައި މިސްކިތްތަކުގެ ކާޕެޓް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެއްކަމަށް ފެންނާތީ އައްޑޫގެ ހުރިހާ އަވަށެއްގެ މިސްކިތްތަކުގެ ކާޕެޓް ސާފުކުރުމަށް ކާޗަރ ކްލީނާއެއް ހޯދުމަށާއި، މި ކާޗަރ ކްލީނާރ ބޭނުންކުރުމުގައި މަސައްކަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ އަވަށެއްގެ މިސްކިތްތައް ސާފުކުރެވޭ ގޮތަށް ދުރާލާ ތާވަލް ތައްޔާރުކުރެވި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ކައުންސިލަށް ހޯދޭ ކާޗަރ ކްލީނަރ ބެލެހެއްޓުމުގެ އެންމެހާ އިންތިޒާމްތައް ސޯޝަލްސަރވިސް ސެކްޝަނުން ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/13

ތާރީޚް: 13 ފެބުރުއަރީ 2020