އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި މޯލްޑިސް އިސްލާމިކް ބޭންކް ހިތަދޫ ބްރާންޗްގައި ބޭންކް އެކައުންޓް ހުޅުވުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި މޯލްޑިސް އިސްލާމިކް ބޭންކް ހިތަދޫ ބްރާންޗްގައި ބޭންކް އެކައުންޓް ހުޅުވުމަށް ކައުންސިލުން ޤަރާރެއް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ފައިނޭންސް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި މޯލްޑިސް އިސްލާމިކް ބޭންކް ހިތަދޫ ބްރާންޗްގައި ބޭންކް އެކައުންޓެއް ހުޅުވުމަށް ފެންނަކަމަށާއި، އެކައުންޓް ހުޅުވުމާއި ގުޅޭ ގޮތުން ކައުންސިލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/16

ތާރީޚް: 13 ފެބުރުއަރީ 2020