އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ހަމަޖެއްސުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފަހަގަ ކުރެވިފައިހުރި ކަންކަމަށް ރިއާޔަތް ކޮށް ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އިޞްލާޙުކުރުމަށް ފެންނަކަށާއި، ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން މުވައްޒަފަކާއި ހަވާލުކުރުމަށް ފެންނަކަމަށާއި، މިގޮތުން ވަގުތީ ގޮތުން މިއިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ ޑިރެކްޓަރ ޝިޒްލީނާ އަސްލްމް ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/17

ތާރީޚް: 13 ފެބުރުއަރީ 2020