އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޭޝަނަލް ޑްރަގް އެޖެންސީއަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ލޮކޭޝަން ބަދަލުކުރުމާ ގުޅޭ

20 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ނޭޝަނަލް ޑްރަގް އެޖެންސީއަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ލޮކޭޝަން ބަދަލުކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމެވުމަސް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް ކައުންސިލްގެ ނަމްބަރު 426-B (3)/2019/231  ނިންމުމުގައި ފާހަގަކުރެވިފައިވާ ބިމާއި ގުޅިގެން ހަދާދެވިފައިވާ ރަޖިސްޓްރީ ބާޠިލުކުރުމަށްފަހު ނޭޝަނަލް ޑްރަގް އެޖެންސީއަށް ދޫކުށްފައިވާ ބިން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ފެންނަކަމަށާއި، މިގޮތުން މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހަޅާފައިވާ ގޮތަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ދޫކުރެވޭ ބިން މި ހުށަހެޅުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ ލޮކޭޝަނަށް ބަދަލު ކުރުމަށާއި، މިބިން ހަމަޖެއްސުމުގައި އެއްވެސް ފަރާތަކަށް ބަދަލުދޭންޖެހޭނަމަ ޤާވާޢިދާއި އެއްގޮތަށް ބަދަލު ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/21

ތާރީޚް: 20 ފެބުރުއަރީ 2020