އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާނެ ރަސްމީ ނަން "ޑިސްކަވަރ އައްޑޫ" ކައުންސިލް ނަމުގައި ރަޖިސްޓްރީ ކުރުމާއި މެދު ގޮތެއް ނިންމުން

5 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާނެ ރަސްމީ ނަން "ޑިސްކަވަރ އައްޑޫ" ކައުންސިލް ނަމުގައި ރަޖިސްޓްރީ ކުރުމާއި މެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޝިޒްލިނާ އަސްލަމް /  ޕްލޭނިންގ ސެކްޝަން

 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ޕްލޭނިންގ ސެކްޝަނުން ހުށަހެޅިފައިވާގޮތަށް ފާސްކުރުމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ  ހުށަހަޅުއްވަމުން ޑިސްކަވަރ އައްޑޫގެ ނަން އަދި އެނަމުގައި ކުރެވިފައިވާ މަސައްކަތް ކައުންސިލްގެ ނަމަށް ބަދަލުކުރުމާއި މިކަމަށް ޚަރަދެއް ހިނގާނަމަ ހިނގާ ޚަރަދު ލިޔުމުން އެނގޭނެ ގޮތަކަށް އޮތުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.  ޑިޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ރަސްމީ ނަމަކީ ޑިސްކަވަރ އައްޑޫ އަދި ޓެގް ލައިން އަކީ ސަދަން ހާޓް އޮފް މޯލްޑިވްސްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ފެންނަ ކަމަށް ހުށަހެޅުއްވިއެވެ. މިހުށަހެޅުމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ ތާއީދު ކުރެއްވިއެވެ.

މިމައްސަލަ ހުށަހެޅި ތާއިދު ލިބިފައިވާގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/197

ތާރީޚް: 5 ސެޕްޓެމްބަރ 2017