އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޭޝަނަލް ޑްރަގް އެޖެންސީއަށް ދޫކުރެވިފައިވާ ބިމުގެ ލޮކޭޝަން ބަދަލުކުރުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ނޭޝަނަލް ޑްރަގް އެޖެންސީއަށް ދޫކުރެވިފައިވާ ބިމުގެ ލޮކޭޝަން ބަދަލުކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

ނޭޝަނަލް ޑްރަގް އެޖެންސީއިން އައްޑޫސިޓީގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހަޅާފައިވާ ބިމުގެ ލޮކޭޝަން ބަދަލުކޮށްދިނުމަށް އެދި ހުޅުދޫ އަވަށުގެ މަޝްވަރާ ކޮމިޓީއިން ލަފާދެއްވާފައިވާތީ، ކައުންސިލްގެ ނަމްބަރު 426-B(3)/2020/21 ނިންމުން މުރާޖަޢާ ކުރުމަށްފަހު، މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާ ބިމުގައި އައްޑޫސިޓީގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/22

ތާރީޚް: 27 ފެބުރުއަރީ 2020