އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ފީ ނެގުން ފަސްކުރުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ފީ ނެގުން ފަސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ފްލެޓް ތަކުގައި މީހުން ދިރި އުޅެން ފެށިއިރު ރަނގަޅު ކުރަންޖެހޭ ގިނަ މައްސަލަތައް ހުރިކަން ފާހަގަކުރެވޭ ކަމަށާއި، ފްލެޓް ތަކުގައި ކޮންމެހެން ކުރަންޖެހިފައި ހުރި މަރާމާތުތައް އެކިސަބަބުތަކާ ހުރެ ޙައްލުނުކުރެވި ހުރުމުގެ ސަބަބުން  ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ތަފާތު ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވޭތީ، މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމަށް 06 މަސްދުވަހުގެ މުއްދަތެއް ކަނޑައަޅައި، ޕްލެޓްތަކުގެ މަހު ފީ ނެގުން 06 މަސް ދުވަހަށް ފަސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/23

ތާރީޚް: 27 ފެބުރުއަރީ 2020