އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުމީދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުމީދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީފްލެޓް ތަކާއި މެދު ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ އަވަށުގައި ޤާއިމު ކުރެވިފައިވާ ފްލެޓްތަކުގެ 06 ބްލޮކް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށާއި، 3 ބްލޮކް ޤަވާޢިދާއި އެއްގޮތަށް ޢާއްމުންނަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މި ފްލެޓްތައް ދޫކޮށްގެން ލިބޭ އާމްދަނީއިން ފްލެޓްތަކުގެ މެއިންޓެނެންސް ބެލެހެއްޓޭން ނިޒާމެއް ޤާއިމުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/24

ތާރީޚް: 27 ފެބުރުއަރީ 2020