އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫގައި ހިންގާ ނަލަފެހި ޖަމްޢިއްޔާއިން ހަދާފައިވާ ފިނި މައިޒާން ސަރަހައްދަށް ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ އަވަށުގައި ހިންގާ ނަލަފެހި ޖަމްޢިއްޔާއިން ހަދާފައިވާ އެ އަވަށުގެ މަޖުދުއްދީނު މަގުގެ އިރުމަތީ ކޮޅު އަތިރިމަތީ ގައި ތަރައްޤީ ކުރެވިފައިވާ ފިނި މައިޒާން ސަރަހައްދަށް ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި 

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، "އައްޑޫސިޓީގައި ތަރައްޤީ ކުރެވިފައިވާ ފިނި މައިޒާންތަކަށް ކަރަންޓްގެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމު ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ، މީދޫ އަވަށުގެ މަޖުދުއްދީނު މަގުގެ އިރުމަތީ ކޮޅު އަތިރިމަތީ ގައި ތަރައްޤީ ކުރެވިފައިވާ ފިނިމައިޒާން ސަރަޙައްދަށް ކަރަންޓް ލިބޭނެ މަގު ފަހިކޮށްދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/25

ތާރީޚް: 27 ފެބުރުއަރީ 2020