އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްއިދާރާއާއި އަވަށު އޮފީސްތަކުގައި ސޯލާ ޕެނަލް އަދި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އޭސީ ހަރުކުރުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްއިދާރާއާއި އިދާރާގެ އަވަށު އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކޮށް މިހާތަނަށް އޭ.ސީ ނުކޮށް ހުރި މިސްކިތް ތަކުގައި ސޯލާ ޕެނަލް ހަރުކޮށް އޭސީ ހަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.  

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ އިދާރާއާއި އިދާރާގެ އަވަށު އޮފީސް ތަކުގައި ކަރަންޓް ބިލްތަކަށް ކުރަންޖެހޭ ޚަރަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ކަރަންޓް ޚަރަދު ކުޑަކުރުމަށް އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކޮށް ސޯލާއިން ކަރަންޓް އުފެއްދޭނެ މަގު ފެހިވެގެން ދިއުމަކީ ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި އިދާރާގެ އޮފީސްތައް އަދި، އައްޑޫގެ މިސްކިތްތަކުގައި ސޯލާ ޕަނަލް ހަރުކޮށް އޭސީ ހަރުނުކުރެވި ހުރި މިސްކިތްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް  އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއާއި ޙަވާލުކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/26

ތާރީޚް: 27 ފެބުރުއަރީ 2020