އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ބައެއް މަޤާމްތައް ހުސްވުމާއި ގުޅިގެން އެ މަޤާމްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ނެތި ޚިދުމަތް ދިނުމަށް ދަތިވުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ރައްޔިތުންނަށް ޚިދުމަތްދިނުމަށް މިއިދާރާގައި އުފެދިފައިހުރި ބައެއް މަޤާމްތައް ހުސްވުމާއި ގުޅިގެން އެ މަޤާމްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ނެތި ޚިދުމަތް ދިނުމަށް ދަތިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް  ކުރުމަށްފަހު، ރައްޔިތުންނަށް ޚިދުމަތްދިނުމަށް މިއިދާރާގައި އުފެދިފައިހުރި ބައެއް މަޤާމްތައް ހުސްވެ އެ މަޤާމްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުމަށް ޤަވާޢިދާއި އެއްގޮތަށް ސިވިލްސާރވިސް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށާއި، އެހެން ނަމަވެސް މަޤާމްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހަމަނުޖެހި ގިނަދުވަސްތަކެއް ފާއިތުވެ ޚިދުމަތް ދިނުމަށް ދަތިވާތީ، ސިވިލްސަރވިސް ކޮމިޝަނުން ޤަވާޢިދާއި އެއްގޮތަށް މަޤާމްތަކަށް މީހުން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ހަމައަށް، މިއިދާރާގެ މީޑިއާ އޮފިސަރމަޤާމް، އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން، ކޮމްޕިއުޓަރ ޓެކްނީޝަން، ކޮމްޕިއުޓަރ ޕްރޮގްރާމަރ (04މަޤާމް) މަޤާމަށް ޤަވަޢިދާއި އެއްގޮތަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިއިދާރާގައި ހުސްވެފައިހުރި މަޤާމްތަކުގައި މުއައްޒަފުން ނެތުމުން ޚިދުމަތް ދިނުމަށް ދަތިވާކަން ފާހަގަކޮށް މަޤާމްތަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް އަވަސްކޮށް ދެއްވުން އެދި ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/27

ތާރީޚް: 27 ފެބުރުއަރީ 2020