އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި ޖުވެއިނަލް ޖަސްޓިސް ޔުނިޓްގެ ހާފްވޭ ހައުސްއެއް ޤާއިމު ކުރުމަށް ބިމެއް ހަމަޖެއްސުމާ ގުޅޭ

27 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީހިތަދޫގައި ޖުވެއިނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ ހާފްވޭ ހައުސްއެއް ޤާއިމު ކުރުމަށް ބިމެއް ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް      

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ކުރިއަށް ގެންދާ ފީ.އެސް.އައި.ޕީ ގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި ޖުވެއިނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ ހާފްވޭ ހައުސްއެއް ޤާއިމު ކުރުމުގެ މަސައްކަތް ހިމެނޭތީ އެ ޔުނިޓް ޤާއިމްކުރުމަށް ޔޫތް ސެންޓަރުގެ ކުރިމަތިން ކުރީގެ ހިތަދޫ ކޯޓް ހިންގި އިމާރާތް ހުރި ބިން ޤަވާޢިދާއި އެއްގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ހިޔާޟް 

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/28

ތާރީޚް: 27 ފެބުރުއަރީ 2020