އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާރިޗް މަހުގެ 08 ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތް ކުރިއަށް ގެންދިއުމާއި ގުޅޭ

3 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2020 ވަނަ އަހަރު މާރިޗް މަހުގެ 08 ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތް ކުރިއަށް ގެންދިއުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

2020 ވަނަ އަހަރު މާރިޗް މަހުގެ 08 ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތަކީ، ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން ހިއްސާކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތަކަށްވާތީ އާއި، ނޮވަލް ކޮރޯނާ ވައިރަހުން ސްކޫލްތަކުގެ ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޢާއްމު ކުރެވިފައިވާ ސަރކިއުލާގައި ސްކޫލްތަކުގެ ދަރިވަރުން އިތުރު ޙަރަކާތްތަކުގައި ބައިވެރި ނުކުރުމަށް އިލްތިމާސް ކޮށްފައިވާތީއާއި، މި ސަރކިއުލަރގައި ހިމެނޭ ކަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ސަމާލުކަން ދޭންޖެހޭކަމަށް ޤަބޫލުކުރެވޭތީ، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޙާލަތާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަކިގޮތެއް އަންގަވަންދެން 2020 ވަނަ އަހަރު މާރިޗް މަހުގެ 08 ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މަކިޓާ 13 ވަނަ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް " ފަސްކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/29

ތާރީޚް: 3 މާރޗް 2020