އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"މައިބޭގްސް" ނަމުގައި ފޮތި ކޮތަޅު ތަޢާރަފް ކުރުމާ ގުޅޭ

4 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން " މައިބޭގްސް" ނަމުގައި ފޮތި ކޮތަޅު ތަޢާރަފް ކުރުން.  

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރިޔސީ ވަޢުދު ތަކުގެ ތެރޭގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް މަސައްކަތް ކުރުން ހިމެނިފައިވާތީ، މިކަމަށް އިޖާބަ ދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ ގައިޑް ލައިނުގައި މީލާދީން  05 ޖޫން 2020 އިން ފެށިގެން  އައްޑޫ ސިޓީގައި އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ބަޔާންކުރެވިފައިވާތީ، މި ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން އައްޑޫސިޓީގައި "މައިބޭގްސް" ނަމުގައި ފޮތިކޮތަޅު ތަޢާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމާށާއި، ކައުންސލުން ހުށަހަޅާ ގޮތެއްގެ މަތިން ޢާއްމުކޮށް ހުޅުވާލައިގެން ޤަވާޢިދާއި އެއްގޮތަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/34

ތާރީޚް: 4 މާރޗް 2020