މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހުޅުދޫ ބަނަދަރު މަތީގައި 28 ހާސް އަކަފޫޓުގެ ބިމެއްގައި ޤާނޫނާއި ޚިލާފަށް ހަދާފައިވާ ޢިމާރާތާއި އެ ބިމުގައި ވާ ތަކެއްޗާއި މެދު ޢަމަލު ކުރާނެ ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝުކުރީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގކުރެވިފައިހުރި ކަންކަމަށް ރިއާޔަތް ކޮށް ބަލާއިރު މި ބިމަކީ ސ.ހުޅުދޫ މުދިންގޭ އިބްރާހީމް މުޞްޠަފާއަށް ހުޅުދޫ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސްލިޕްވޭއެއް ހެދުމަށް 2005 ވަނަ އަހަރު ވަގުތީ ހުއްދައެއްގެ ދަށުން ދޫކުރެވިފައިވާ ބިމެއްކަން ފާހަގަކުރެވޭ ކަމަށާއި، އިބްރާހީމް މުޞްޠަފާއާއި މިބިން ޙަވާލުކުރެވުނު ފަހުން ފާއިތުވެ ދިޔަ ދިގު މުއްދަތުގައި މިބިމުގައި ސްލިޕްވޭއެއް ޤާއިމު ކުރެވިފައިނެތުމާއި، މިތަނަކީ އެކި ބާވަތުގެ ބާ ތަކެތި ޖަމާކޮށް ރައްޔިތުނަށް ތަނުގެ ބޭނުން ނުހިފޭ ގޮތަށް ދޫކުރެވިފައިވާ ތަނެއް ކަން ފާހަގަ ކުރެވޭތީއާއި، އިބްރާހީމް މުސްޠަފާއާއި ބިން ޙަވާލުކުރެވިފައިވާ މަޤްޞަދު ޙާޞިލު ކުރެވިފައި ނުވާތީ، މި ބިމުގައި ސ.ހުޅުދޫ މުދިންގޭ އިބްރާހީމް މުޞްޠަފާގެ އެއްވެސް މުދަލެއް ވާނަމަ 01 މަސް ދުވަހުގެ ތެރޭގައި އެ ތަކެތި ނަގައި ބިން ހުސްކުރުމަށް އިބްރާހީމް މުޞްޠަފާއަށް އެންގުމަށާއި، 01 މަސް ދުވަހުގެ މުއްދަތު ހަމަވުމުން އިބްރާހީމް މުޞްތަފާގެ ކިބައިން ބިންވަކިކޮށް ޤަވާޢިދާއި އެއްގޮތަށް ކައުންސިލުން މިބިމާއި ޙަވާލުވުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހުޅުދޫ ބަނަދަރު މަތީގައި 28 ހާސް އަކަފޫޓުގެ ބިމެއްގައި ޤާނޫނާއި ޚިލާފަށް ހަދާފައިވާ ޢިމާރާތާއި ގުޅޭ