އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫގައި "ވެއުޕާރކް" އެއް ޤާއިމު ކުރުމާ ގުޅޭ

4 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫގައި "ވެއުޕާރކް" އެއް ޤާއިމު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް      

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ އާޘާރު އެކުލެވޭ ތަންތަން ޙިމާޔަތް ކުރުމަކީ މުހިއްމު ބޭނުންތެރި ކަމެއްކަމަށް ފެންނާތީ، ހިތަދޫ މާމެންދޫ ސަރަހައްދުގެ 305 ނަމްބަރު ކޮށީގެ ގައި އޮންނަ ވެވެކީ އަޘާރީ ތަނެއްގެ ގޮތުގައި ކަނޑައަޅައި މި ސަރަހައްދު ޙިމާޔަތް ކުރުމަށް ފެންނަކަމަށާއި، ޕަބްލިކް ޕާރޓްނަރ ޝިޕް (PPT)ގެ ދަށުން މި ތަނުގައި ޑިޒައިން ބިލްޑް އުޞޫލުން ވެއުޕާރކެއް ތަރައްޤީ ކޮށް މި ޕާރކް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޤަވާޢިދާއި އެއްގޮތަށް މަސައްކަތާއި ޙަވާލުވާ  ފަރާތައް 305 ވަނަ ނަމްބަރު ކޮށީގެ 282 ނަމްބަރު ގޯތީގެ އުތުރުން އޮތް 5000އަކަފޫޓުގެ ބިން ކެފޭ، ރެސްޓޯރަންޓް ވިޔަފާރި ހިންގުމަށް ދޫކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/36

ތާރީޚް: 4 މާރޗް 2020