އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށް ނިންމެވި 20000 އަކަފޫޓުގެ ބިން 50000 އަކަފޫޓަށް ބޮޑުކޮށްދެއްވުމާ ގުޅޭ

11 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށް ނިންމެވި 20000(ވިހިހާސް) އަކަފޫޓުގެ ބިން 50000 (ފަންސާސްހާސް) އަކަފޫޓަށް ބޮޑުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް      

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އައްޑޫގައި ސަދަން ޑިވިޝަނަލް ހެޑްކުއާޓާޒް އެއް ގާއިމްކުރުމަށް ބިމެއް ހަމަޖައްސަވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލާއިގެ ފާހަގަ ކުރެވިފައިވާ ކަންކަމަށް ބަލައި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ސަދަން ޑިވިޝަނަލް ހެޑްކުއާޓާޒް  ގާއިމްކުރުމަށް ފޭދޫ ހިއްކިބިމުން 50000 (ފަންސާސްހާސް) އަކަފޫޓުގެ ބިމެއް  ލޭންޑް ސާރވޭ އޮތޯރިޓީއަށް މަޝްވަރާއަށް ފޮނުވުމަށް ފެންނަކަމަށާއި،އަދި ފޭދޫ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ދެއްވި ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން ރިޔާސަތުން ދެއްވި ވޯޓާއި އެކު ކައުންސިލްގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/37

ތާރީޚް: 11 މާރޗް 2020