އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމުގެ ގޮތުން ވަސީލަތްތައް ޤާއިމްކުރުމާ ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމުގެ ގޮތުން ވަސީލަތްތައް ޤާއިމުކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ މިއަހަރުގެ އެކްޓިވިޓީ ޕްލޭންގައި ހިމެނިފައިވާ އެކި އެކި ހަރަކާތްތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރެއިން މި ވަގުތަށް މަޑުޖައްސާލެވޭނެ ހަރަކާތްތަކަށް ބަލައި، އެ ހަރަކާތްތަކަށް ހަމަޖެހިފައިވާ ފައިސާ އުނިކޮށް ، ޑިސާސްޓަރ މެނޭޖްމެންޓް ކޯޑަށް ބަދަލު ކުރުމަށްފަހު، ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ވަސީލަތްތައް ޤާއިމުކުރުމަށް އެއް މިލިއަން ރުފިޔާ (-/1000000) ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/38

ތާރީޚް: 18 މާރޗް 2020