އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސާވިސް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 1441 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫސިޓީގައި  ކުރިއަށްގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ނޫރުލް އިސްލާމް ޖަމްޢިއްޔާ އިން އެދިވަޑައިގެންފައިވާ ގޮތަށް ބެނާ ހަރުކުރުމާއި ލީފްލެޓް ތައްޔާރުކޮށް އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށް ބެހުމަށާއި އަދި މިކަމަށް ހިނގާ ހަރަދު ހަމަޖެއްސުމަށް ކައުންސިލްގެ ބަޖެޓުގެ ނަންބަރު 223020 ( ޢާންމު ފައިދާއަށް ޗާޕްކުރާ ތެކެތި ) ކޯޑު- އިން 95000 ރުފިޔާ ހަރަދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/45

ތާރީޚް: 18 މާރޗް 2020