އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގައި މަސްޕްލާންޓް ހެދުމަށް ހުށަހެޅާފައިވާ ބިޑް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމާ ގުޅޭ

30 އެޕްރީލް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ގޭދޮށު މަސް ޕްލާންޓްތައް ހެދުމަށް އައްޑޫސިޓީ ކައުންސިލުންކޮށްފައިވާ އިއުލާން އަށް ހިތަދޫ އަވަށުގައި މަސްޕްލާންޓް ހެދުމަށް ހުށަހެޅާފައިވާ ބިޑް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ބިޑް ކޮމިޓީ ގެ ނިންމުމަށް ކައުންސިލް އިން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، "ގޭދޮށުން މަސްޕްލާންޓްތައް ހެދުމަށް އައްޑޫސިޓީ ކައުންސިލުންކޮށްފައިވާ އިއުލާން އަށް ހިތަދޫ އަވަށުގައި މަސްޕްލާންޓް ހެދުމަށް ހުށަހެޅާފައިވާ ބިޑް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ބިޑް ކޮމިޓީ ގެ ނިންމުމަށް ކައުންސިލް އިން ގޮތެއް ނިންމުމަށް"  ހުށަހެޅިފައިވާ މައްސަލާގައި ހިތަދޫ އަވަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓް ހެދުމަށް ހުށަހެޅިފައިވާ ބިޑްތައް އިވެލުއޭޓްކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްކަމަށްވާ "އެލްނާތް މޯލްޑިވްސް" އަށް މި މަސައްކަތް ޙަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/48

ތާރީޚް: 30 އެޕްރީލް 2020