އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަސްޕްލާންޓް ޕްރޮޖެކްޓަށް ފައިސާ ދޫކުރާނެ ގޮތަކާއި ގުޅޭ

20 މޭއި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަސް ޕްލާންޓް ޕްރޮޖެކްޓަށް ފައިސާ ދޫކުރާ ފަރާތަކީ އިންޑިއަން ހައިކޮމިޝަން ކަމަށްވެފައި މަސް ޕްލާންޓްތައް ޤާއިމްކޮށް ހިންގުމަށް ހޮވޭ ފަރާތަށް ދޫކުރާ ފައިސާ އާއި ގުޅިގެން އެފަރާތާއި ދެމެދު ވެވޭ ޖޮއިންޓް ވެންޗަރ އެއްބަސްވުން ތައްޔާރުކުރުމުގެ ކުރިން ދޫކުރާ ފައިސާ އަކީ ލޯންނެއްގެ ގޮތުގައި ދޫކުރާ ފައިސާތޯ ނުވަތަ ކައުންސިލް އާއި އެކު ވިޔަފާރީގެ ހިއްސާވާ ގޮތަށް ދޫކުރާ ފައިސާތޯ ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އިންޑިއަން ހައިކަމިޝަނުން "ގޭދޮށު މަސްޕްލާންޓް"  ޤާއިމްކުރުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ މި މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތް ކަމަށްވާ "އެލްނާތު މޯލްޑިވްސް" އަށް އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް މެދުވެރިކޮށް ލޯނެއްގެ ގޮތުގައި ފައިސާ ދޫކުރުމަށާއި ލޯން އަނބުރާ ދެއްކެވުމުގައި "ގްރޭސް ޕީރިއަޑް" ހިމެނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/52

ތާރީޚް: 20 މޭއި 2020