އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް އާއި ގުޅިގެން ސްޕޯރޓްސް ކައުންސިލްގެ ނިންމުމާ ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނިންމުން ނަމްބަރު : 426-AA(3)2018/45ގައި ވާގޮތުގެ މަތިން ވަނަ މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2018 އާއި ގުޅިގެން ސްޕޯރޓްސް ކައުންސިލްގެނިންމުން ނަމްބަރު 4 އިން ފާހަގަ ކުރެވިފައިވާ ކަންކަމަށް ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން އައި ވަގުތު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 7/2010) އާއި ޚިލާފަށް ކައުންސިލް މެމްބަރުން ސަސްޕެންޑް ކޮށް މަސައްކަތުން އެކަހެރިކޮށްފައިވުމާއި ގުޅިގެން، މިމައްސަލަ ކައުންސިލުން ކުރިއަށް ނުގެންދެވި އޮތްކަން ފާހަގަކޮށް، މި ޙަރަކާތަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ވަގުތު ފާއިތުވެފައިވާތީ، އަދި މި ޙަރަކާތަކީ މިހާރު ކުރިއަށް ގެންގޮސް ނިމިފައިވާ ޙަރަކާތެއް ކަމުން ނިމިފައިވާ ޙަރަކާތަކަށް ކައުންސިލުން އެހީތެރިވުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/52

ތާރީޚް: 19 އެޕްރީލް 2018