އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންމެ 2 އަހަރަކުން އެއް އަހަރު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމާއި ގުޅިގެން ސްޕޯރޓްސް ކައުންސިލްގެ ނިންމުން ނަމްބަރު 07 އާ ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮންމެ 2 އަހަރަކުން އެއް އަހަރު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމާއި ގުޅިގެން ސްޕޯރޓްސް ކައުންސިލްގެ ނިންމުން ނަމްބަރު 07 ގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސްޕޯރޓްސް ކައުންސިލްގެ ނިންމުމާއި އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށާއި އަދި އެ ނިންމުމުގައި ބަޔާން ކުރެވިފައިވާ ގޮތަށް އައްޑޫސިޓީގައި ކޮންމެ 2 އަހަރުން އެއްއަހަރު ކުޅިވަރު މުބާރާތްތައް ރާވައި ހިންގުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފްރޭމް ވޯރކް އަދި ކޮންސެޕްޓް ތައްޔާރުކުރުމަށް ޓަކައި ސްޕޯރޓްސް ކައުންސިލާއި މަޝްވަރާކޮށް ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/57

ތާރީޚް: 19 އެޕްރީލް 2018