އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ބައިސްކަލް ރޭހެއް ކުރިއަށް ގެންދިއުމާއި ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި ބައިސްކަލް ރޭހެއް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކައުންސިލްގެ ނިންމުން ނަމްބަރު:      426-AA(3)2018/45  އިން ނިންމާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއެޝަން ކްލައިބާއި ބައްދަލުކޮށް އެކޮމިޓީގެ ހުށަހެޅުމާއި އެކު މައްސަލައަށް ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

އެކްޓިވިޓީ ޕްލޭންގައިވާ ގޮތަށް މިހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި އަވަސް މައްސަލައެއްގެ ގޮތުގައި ސްޕޯރޓްސް ކައުންސިލަށް މައްސަލަ ހުށަހަޅައި އަލުން މައްސަލަ ދިރާސާ ކުރުމަށްފަހު ނިމޭގޮތެއްގެ މަތިން މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/60

ތާރީޚް: 19 އެޕްރީލް 2018