އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2017 ވަނަ އަހަރު ގެ އައްޑޫސިޓީ ކައުންސިލް އިދާރާގެ މާލީ ރިޕޯރޓް ފާސްކުރުން

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2017 ވަނަ އަހަރު ގެ އައްޑޫސިޓީ ކައުންސިލް އިދާރާގެ މާލީ ރިޕޯރޓް ފާސްކުރުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިރިޕޯރޓަކީ ޤަނޫނާއި ޤަވާއިދުގައި ކަނޑައެޅި ބަޔާން ކުރެވިފައިވާ ވަކި ތާރީޚަކަށް ކައުންސިލުން ފާސްކޮށް ފޮނުވަންޖެހޭ ރިޕޯރޓެއް ކަމަށާއި، މިރިޕޯރޓް ކައުންސިލުން ފާސްކޮށް ފޮނުވަން ޖެހުނު ވަގުތު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 7/2010) އާއި ޚިލާފަށް ކައުންސިލް މެމްބަރުން ސަސްޕެންޑް ކޮށް މަސައްކަތުން އެކަހެރިކޮށްފައި ވުމާއި ގުޅިގެން އެތާރީޚަށް މިރިޕޯރޓް ފާސްކޮށް ކައުންސިލްގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކުރުމަށްފަހު ރިޕޯރޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވިފައި ނުވާ ކަމަށާއި،

ރިޕޯޓްގައި ސޮއިނުކުރެވުނު ނަމަވެސް ކައުންސިލްގެ އިދާރީ މުވައްޒަފުން މިރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚަށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާފައިވާކަން ފާހަގަކޮށް، މިރިޕޯޓް ކައުންސިލަށް ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/61

ތާރީޚް: 19 އެޕްރީލް 2018