އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ތަރައްޤީކުރުމަށް ކަނޑައެޅުނު 06 ޓުއަރިސްޓް ޒޯންތަކުގެ ކޮންސެޕްޓް އަދި ޕްލޭން ހެދުމުގެ މަސައްކަތް

24 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގައި ތަރައްޤީކުރުމަށް ކަނޑައެޅުނު 06 ޓުއަރިސްޓް ޒޯންތަކުގެ ކޮންސެޕްޓް އަދި ޕްލޭން ހެދުމުގެ މަސައްކަތް  

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި އައްޑޫގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ  8000 އެނދު ތައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން 4000 އެނދު ތަރައްޤީ ކުރުމަށް، ސަރުކާރުން އައްޑޫގެ އަވަށްތަކުގައި ކަނޑައަޅާފައިވާ 06 ޓުއަރިސްޓް ޒޯން ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރެވި، އެމަސައްކަތަކީ އަވަސް މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަންޖެހޭ މަސައްކަތެއް ކަމަށް ފެންނާތީ،  

އަންނަ އޮކްޓޫބަރު 03ވަނަ ދުވަހުގެ ކުރިން ކަނޑައެޅުނު ޒޯންތައް ދޫކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުމަށާއި، އެޒޯންތައް ތަރައްޤީ ކުރާނެ ގޮތުގެ ކޮންސެޕްޓެއް ހެދިފައި ނެތުމުން، ވަރަށްއަވަސް މަސައްކަތެއްގެ ގޮތުގައި މިޒޯންތަކުގެ ޕްލޭން އަދި ކޮންސެޕްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް، މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތުދީ ކޯޓޭޝަން ހުށަހެޅުމަށް ދެންނެވުމުން ލިބިފައިވާ 3 ކޯޓޭޝަންގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ "ޑިއްކާ ޕްރައިވެޓް ލިމިޓެޑް" އާއި މަސައްކަތް ޙަވާލުކޮށްގެން01 ކުރިއަށް ގެންދިއުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީމޭޔަރ މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/269

ތާރީޚް: 24 ސެޕްޓެމްބަރ 2019