އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ފްލެޓް ތަކުގެ ތެރެއިން ބީޗް ފްރަންޓަށް ވާގޮތަށް ހުރި 03 ބްލޮކް ޓުއަރިޒަމްގެ ބޭނުމަށް ދޫކުރުން

24 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައި ހުރި ފްލެޓް ތަކުގެ ތެރެއިން ބީޗް ފްރަންޓަށް ވާގޮތަށް ހުރި 03 ބްލޮކް (24 ފްލެޓް) ޓުއަރިޒަމްގެ ބޭނުމަށް ދޫކުރުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގެ ހުޅުދޫ އަވަށު ބީޗް ސަރަޙައްދު ފަތުރުވެރިކަމަށް ހުޅުވާލައި މިސަރަޙައްދު ތަރައްޤީ ކުރުމުގެ ވިސްނުން ހުރުމާއެކު މި ފްލެޓްތައް ދޫކުރުމުން އެތަންތަން ބެލެހެއްޓި ތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިގެންދާނެ ކަމަށް ބެލެވޭތީއާއި ހުޅުދޫގެ ރައްޔިތުނަނަށް އިޤްތިޞާދީ ފުދުންތެރިކަން މިވަގުތުންވަގުތަށް ވެސް ފަހިވެގެންދާނެ ކަމަށް ބެލެވޭތީ،    

އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައި ހުރި ފްލެޓް ތަކުގެ ތެރެއިން ބީޗް ފްރަންޓަށް ވާގޮތަށް ހުރި 3 ބްލޮކް (24 ފްލެޓް) ޓުއަރިޒަމްގެ ބޭނުމަށް ދޫކުރުމަށާއި، މިގޮތަށް މި 03 ބްލޮކް ދޫކުރާއިރު ، ކޮންމެ ބްލޮކެއް ވަކިން ފަރާތާއި ޙަވާލުކުރެވޭގޮތަށް ޢާއްމުކޮށް ހުޅުވާލައިގެން ބިޑްއުޞޫލުން ފްލެޓްތައް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށާއި، ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި، އުޞޫލާއި އެއްގޮތަށް މައްސަލަ ކުރިއަށްގެންދިއުމަށް  ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޖަމްޝީދާ މުހައްމަދު 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/270

ތާރީޚް: 24 ސެޕްޓެމްބަރ 2019