އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީ ހުޅުމީދޫ ގޮފީގެ އަހަރީ ޖަލްސާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ

24 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީ ހުޅުމީދޫ ގޮފީހެ އަހަރީ ޖަލްސާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  މީދޫ އަވަށު އޮފީސް    

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީ ހުޅުމީދޫ ގޮފީގެ އަހަރީ ޖަލްސާއަށްބޭއްވުމަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާތީ، ކައުންސިލްގެ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 5000.00ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ދެއްވި ވޯޓުގެ ނަތީޖާ އެއްވަރު ވުމުން ރިޔާސަތުން ދެއްވި ވޯޓާއެކު ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/271

ތާރީޚް: 24 ސެޕްޓެމްބަރ 2019