އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ކުލީ ބިންތަކަށް އިޢުލާނު ކުރުމުގައި ކަނޑައެޅިފައިވާ އަގު ހިމެނުމާއި ގުޅޭ

3 އޮކްޓޯބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑައަގު ކަނޑައަޅައި ގެޒެޓް ކުރެވިފައިވާތީ، ކައުންސިލުން ކުލީ ބިންތަކަށް އިޢުލާނު ކުރުމުގައި ކަނޑައެޅިފައިވާ އަގު ހިމެނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް: ބިޑްކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޤާނޫނަށް ގެނެވޭ އިޞްލާޙް ގެނެވި ވަކި ގޮތެއް ނިމެންދެން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ކުލިނެގޭނެ އިންތިޒާމް ހަމަޖެއްސުމުގައި މިހާރުވެސް ކުލި ނަގަމުން އަންގޮތަށް ކުލިނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

 

ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލްއިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/281

ތާރީޚް: 3 އޮކްޓޯބަރ 2019