އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާ ގުޅޭ

15 ޑިސެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުންތަކާ ގުޅިގެން ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ލަފައަކަށް އެދި

 

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ސެކްޝަނުން ހުށަހަޅާފައިވާ 2 ހުށަހެޅުމުގެ ތެރެއިން 1ވަނަ ހުށަހެޅުމުގައިވާ ގޮތަށް، މައްސަލާގައި ބަޔާންކޮށްފައިވާ ކައުންސިލްގެ 5 ނިންމުމާއި ގުޅިގެން ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމްތަކަށް މުވައްޒަފުން ނެގިފައިވަނީ އަހަރުގެ އެކި ދުވަސްތަކުގައި މުއްދަތު ހަމަވާގޮތަށް ކަމަށްވާތީ، މިހާރު ކޮންޓްރެކްޓް އުޞޫލުން ނެގިފައިވާ މުވައްޒަފުންގެ ތެރެއިން މިންގަނޑަށް ފެތޭ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު 2020 ޑިސެމްބަރު 31ގެ ނިޔަލަށް އިތުރުކުރުމަށާއި އަދި އެމުވައްޒަފުންނަށް ޙައްޤުވާ ޗުއްޓީ ޕްލޭން ހެދުމަށްފަހު ޤަވާޢިދާ އެއްގޮތަށް ޗުއްޓީ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ،ފައިޞަލް އިބްރާހީމް

ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/334

ތާރީޚް: 15 ޑިސެމްބަރ 2019