އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ބަޖެޓުން 35،000 ރުފިޔާގެ ދަށުން ޙަރަދު ކޮށްގެން ހޯދަންޖެހޭ ޙިދުމަތް އަވަށު އޮފީހުން ކުރެވޭނެ އުސޫލެއް ހަމަޖެއްސުން

11 ޖޫން 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ބަޖެޓުން 35،000 ރުފިޔާގެ ދަށުން ޙަރަދު ކޮށްގެން ހޯދަންޖެހޭ ޙިދުމަތް އަވަށު އޮފީހުން ކުރެވޭނެ އުސޫލެއް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާޙިމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް 35,000 ރުފިޔާ އިން ދަށުގެ ޚިދުމަތްތަށް އަވަށު އޮފީހުން ހޯދުމަށްޓަކައި  އަވަށު އޮފީސްތަކަށް ހުއްދަ ދޫކުރުމާއި އެގޮތުން ޚިދުމަތް ހޯދުމުގައި ކޯޓޭޝަންތައް އިވެލުއޭޓް ކުރުމަށް އަވަށު އޮފީހުން 3 މުވައްޒަފަކު ކަނޑައެޅުމަށާއި މިކަމަށް ހުއްދަ ދޭނެ ފަރާތެއް ކަނޑައެޅުމަށާއި އައްޑޫސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް އުޞޫލުގައި މި ކަންތައްތަކަށް ފުށުއަރާ މާއްދާއެއް ހިމެނޭނަމަ އެ މާއްދާއެއް އުނިކޮށް ޕްރޮކިއުމަންޓް އުޞޫލުގައި މި އިސްލާޙު ހިމަނައި ކައުންސިލްގެ ސެކްޝަންތަކާއި އަވަށު އޮފީސްތަކާއި ހިއްސާކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (3)/2020/56

ތާރީޚް: 11 ޖޫން 2020