އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި ކުންފުނިތަކުން ހުއްދަ ނުނަގާ އައްޑޫގައި މަސައްކަތް ކުރަމުންދިއުމާ ގުޅޭ

18 ޖޫން 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި ކުންފުނިތަކުން އައްޑޫގެ އަވަށްތަކުގައި ހިންގާއެކި މަޝްރޫޢުތަކާއި އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުންނާއި އަވަށު އޮފީސްތަކުން ނަގަންޖެހޭ ހުއްދަ ނުނަގާ ފަހަކަށް އައިސް އަމިއްލަ އަށް ކަންކަން ކުރަމުންދާ ފާހަގަ ކުރެވިފައިވާތީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާޙިމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި ކުންފުނިތަކުން އައްޑޫގެ  އަވަށްތަކުގައި ހިންގާ މަޝްރޫޢުތަކާއި އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުންނާއި އަވަށު އޮފީސްތަކުން ނަގަންޖެހޭ ހުއްދަ ނުނަގާ އަމިއްލަ އަށް ކަންކަން ކުރަމުންދާތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ފަދަ ކަންކަމުގައި ޒިއްމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/57

ތާރީޚް: 18 ޖޫން 2020