އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހުޅުދޫ ޕްލެޒަރވޭ ޙަސަން ޒަބީޙް އަދި ސ.ހުޅުދޫ ފެހިފަރުދާގެ ޝާޒިމާ އަޙްމަދު ދީދީ އަށް މަހުގެ ބާވަތްތައް އުފެއްދުމަށްޓަކައި ބިމެއް ދިނުމާ ގުޅޭ

18 ޖޫން 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަސްކައްކާ ހިއްކައި މަހުގެ ބާވަތްތައް އުފެއްދުމަށްޓަކައި ސ.ހުޅުދޫ ޕްލެޒަރވޭ ޙަސަން ޒަބީޙް އަދި ސ.ހުޅުދޫ ފެހިފަރުދާގެ ޝާޒިމާ އަޙްމަދު ދީދީ ބިމެއް ހޯދުމަށް ހުޅުދޫ އަވަށު އޮފީހަށް ހުށަހަޅާފައިވާތީ  ސ.ހުޅުދޫ ޕްލެޒަރވޭ ޙަސަން ޒަބީޙް އަދި ސ.ހުޅުދޫ ފެހިފަރުދާގެ ޝާޒިމާ އަޙްމަދު ދީދީ އަށް ބިމެއް ހަމަޖެއްސުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ހުޅުދޫ އަވަށު އޮފީސް    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި  އަމިއްލަ މަސައްކަތްކުރުމަކީ މުޙިއްމު ކަމެއްކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަކީ މިވަގުތައް ކުރެވިދާނެ ކަމެއްކަމަށާއި މަސްކައްކާ ހިއްކައި މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމަށްޓަކައި ހުޅުދޫ އިން ބިންދޫކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި ބިންތަކުގެ އަދަދު ފާހަގަކޮށް އެލް.ޖީ.އޭ އިން ނަގަންޖެހޭ ހުއްދަތައް ނަގައި ބިންތައް ސާރވޭކޮށް ކުރަހައި ބިން ދޫކުރެވޭނެ އުޞޫލްތައް ކަނޑަޅައި ބިން ދޫކުރުމަށް އިޢުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/58

ތާރީޚް: 18 ޖޫން 2020