އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަދި ހުޅުދޫ މީދޫ ގައި ޤާއިމުކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ތައް ހެދުމަށް ހުށަހެޅާފައިވާ ބިޑް ޕްރޮޕޯސަލްތަކާ ގުޅޭ

9 ޖުލައި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަދި ހުޅުދޫ މީދޫ ގައި ޤާއިމުކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ތައް ހެދުމަށް ހުށަހެޅާފައިވާ ބިޑް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ބިޑް ކޮމިޓީގެ ނިންމުމަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ބިޑް ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން ރިވިއުކޮށްފައިވާތީ ކައުންސިލުން ހިމެނޭ ކޮމިޓީއަކުން ބެލުމަށްފަހު މައްސަލައެއް ފާހަގަކުރެވޭނަމަ މި މައްސަލަ އަލުން ބިޑް ކޮމިޓީއަށް ފޮނުވުމަށާއި މައްސަލައެއް ނެތްނަމަ މަރަދޫ އަދި ހުޅުދޫ މީދޫގައި ޤާއިމްކުރާ ގޭދޮށު މަސް ޕްލާންޓްތައް ހެދުމަށް ހުށަހެޅިފައިވާ ބިޑް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް މި މަސައްކަތް ހަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ޕްރޮޖެކްޓް

މަސައްކަތް ހަވާލުކުރެވޭ ފަރާތް

މަރަދޫ ގޭދޮށު މަސް ޕްލާންޓް:

ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑް

ހުޅުދޫ މީދޫ ގޭދޮށު މަސް ޕްލާންޓް:

މީކޯ ޕްރައިވެޓް ލިމިޓެޑް

 

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/59

ތާރީޚް: 9 ޖުލައި 2020