އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ސްޓޮކް އެކްސް ޗޭންޖުން ދެމުންގެންދާ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޓްރީސް ޚިދުމަތް އައްޑޫސިޓީގައި ލިބޭނެ އިންތިޒަމް ހަމަޖެއްސުން

12 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މޯލްޑިވްސް ސްޓޮކް އެކްސް ޗޭންޖުން ދެމުންގެންދާ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޓްރީސް ޚިދުމަތް އައްޑޫސިޓީގައި ލިބޭނެ އިންތިޒަމް ހަމަޖެއްސުން

 

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުށަހެޅިފައިވާ މައްސަލާގައި ބަޔާން ކުރެވިފައި ހުރި ކަންކަމަށް ރިއާޔަތްކޮށް މި މައްސަލައަކީ ކައުންސިލުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައިވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.    

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/204

ތާރީޚް: 12 ސެޕްޓެމްބަރ 2017