އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ގައި އައު ޤަބުރުސްތާނެއް ހެދުމަށް

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ގައި އައު ޤަބުރުސްތާނެއް ހެދުމަށް

 

މައްސަލަ ހުށަހެޅި ފަރާތް:   ކައުންސިލަރ އަލީ ފަހުމީ އަޙްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފޭދޫ ގައި މިހާރު ބޭނުންކުރާ ޤަބުރުސްތާނުގެ ޖާގަ ނެތުމާއި ގުޅިގެން އާ ޤަބުރުސްތާނެއް ހެދުމަށް 30,000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވައި ލޭންޑް އޮތޯރިޓީ އިން ނަގަންޖެހޭ ހުއްދަތައް ނަގައި ޤަބުރުސްތާނަށް ކަނޑައެޅޭ ބިމުގެ ވަށާ ފާރު ރޭނުމަށް ހިނގާ ހަރަދުގެ ކަންކަން ހަމަޖެއްސެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގައި ދެންނެވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ފޭދޫ ގައި އައު ޤަބުރުސްތާނެއް ހެދުމަށް


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/79

ތާރީޚް: 19 އޯގަސްޓް 2020