އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އިން ދިރިއުޅުމަށް ބިން ދޫކުރުން

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އިން ދިރިއުޅުމަށް ބިން ދޫކުރުން

 

މައްސަލަ ހުށަހެޅި ފަރާތް:   ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހިތަދޫ އިން ގޯއްޗަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައި ގޯތި ހައްޤުވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ހޮސްޕިޓަލް ޤާއިމްކުރުމަށް ކުރިން ކަނޑައެޅި ސަރަހައްދުންނާއި ހިތަދޫ ނާޒުކީހިނގުމުގެ އުތުރުން ނަރުގިސްމަގާއި ދެމެދު ހިތަދޫގެ އެންމެ ހުޅަނގަށް އޮތް ބްލޮކްގެ ފަހަތަށް ގޯތި ދޫނުކޮށް ހުހަށް އޮތް ބިމުންނާއި އެކިއެކި ސަބަބުތަކަށްޓަކައި ހިތަދޫ އިން ހުސްވެފައިވާ ދިރިއުޅުމަށް ދޫކުރެވިފައިވާ ބިންތަކުން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް       

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ހިތަދޫ އިން ދިރިއުޅުމަށް ބިން ދޫކުރުން


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/80

ތާރީޚް: 19 އޯގަސްޓް 2020