އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުން

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުން

 

މައްސަލަ ހުށަހެޅި ފަރާތް:   މޭޔަރ އަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޔުނިޓެއް ޤާއިމްކޮށް އެ ޔުނިޓްގައި އިސްކޮށް މަސައްކަތްކުރައްވަން މިއިދާރާގެ ޕްރޮޖެކްޓް އޮފިސަރ މަރިޔަމް އަޒްލީމާ ހަމަޖައްސަވައި ޕްރޮޖެކްޓްގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް 02 ޕްރޮޖެކްޓް މެނޭޖަރ (ޕްރޮޖެކްޓް މޭނޭޖަރެއްގެ މުސާރަ: ތަޢުލީމާއި ތަޖުރިބާއަށް ބަލައި  15,000 އާއި 25,000 ރުފިޔާ) އަދި 02 އެސިސްޓެންޓް މެނޭޖަރ (އެސިސްޓެންޓް މެނޭޖަރ މުސާރަ: 10,000 އާއި 15,000 ރުފިޔާ) ނެގުމަށްޓަކައި އިޢުލާނުކުރުމާއި މި ބޭފުޅުންގެ މުސާރައިގެ ކަންކަން އެ ޕްރޮޖެކްޓެއްގެ ފައިސާ އިން ހަމަޖައްސަވައި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ސްޓިއަރިން ކޮމިޓީ އެއް އެކުލަވައި މި ކޮމިޓީގައި ކައުންސިލަރުންގެ އިތުރުން ކައުންސިލްގެ ސެކްޓްރީ ޖެނެރަލް، ޕްރޮޖެކްޓް އަދި ޕްލޭނިންގ ސެކްޝަންގެ ވެރިޔާގެ އިތުރުން މި ކޮމިޓީގެ އޮބްޒަރވަރެއްގެ ގޮތުގައި ލީގަލް އޮފިސަރ އެއް ހަމަޖައްސަވައި ސްޓިއަރިން ކޮމިޓީ އެކުލަވާލުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް       

ހުށަހެޅުން ހުށަހެޅި:  މޭޔަރ އަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/81

ތާރީޚް: 19 އޯގަސްޓް 2020