އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސަރަހައްދީ ބަނދަރުން ވިޔަފާރީގެ ބޭނުމަށް ވެއަރ ހައުސް ގުދަން ޤާއިމްކުރުމަށް ބިންދޫކުރުން

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސަރަހައްދީ ބަނދަރުން ވިޔަފާރީގެ ބޭނުމަށް ވެއަރ ހައުސް ގުދަން ޤާއިމްކުރުމަށް ބިންދޫކުރުން

 

މައްސަލަ ހުށަހެޅި ފަރާތް:   މޭޔަރ އަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސަރަހައްދީ ބަނދަރުން ވިޔަފާރީގެ ބޭނުމަށް ވެއަރ ހައުސް ގުދަން ޤާއިމްކުރުމަށް ސަރަހައްދީ ބަނދަރުގެ ތަރައްޤީއަށް ބޭނުންވާ ބިން ފިޔަވައި އާރް.އޭ.އެފް ހިއްކި ބިމުން 20,000 އަކަފޫޓުގެ ބިން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް       

ހުށަހެޅުން ހުށަހެޅި:  މޭޔަރ އަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/82

ތާރީޚް: 19 އޯގަސްޓް 2020