އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޕީސީ އަށް އެމްއައިބީ މެދުވެރިކޮށް 150,000 ޔޫ.އެސް ޑޮލަރުގެ އެލް.ސީ ފެސިލިޓީއެއް ހޯދުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި

26 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް 150,000 ޔޫ.އެސް ޑޮލަރުގެ އެލް.ސީ ފެސިލިޓީއެއް ހޯދުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި

 

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ޕީޕަލްސް ކޯޕްރޭޓިވް (އޭ.ޕީ.ސީ) އަކީ  އައްޑޫގައި ސޯލަރ ޕަވަރ ޕްލާންޓްތައް ވިއްކައި އިންސްޓޯލްކުރުމުގެ ޚިދުމަތް ދެމުންދާ ކޯޕަރޭޓިވްއެއް ކަމުން ކަސްޓަމަރުންނަށް މި ހިދުމަތްތައް ފޯރުކޮށް ދެމުންގެންދަނީ އެއްފަހަރާ މުދާ ސަޕްލަޔަރުންގެ އަތުން ގެނެސް އިންސްޓޯލްމަންޓް ސްކީމެއްގެ ތެރެއިންކަމަށާއި މިކަމުގެ ސަބަބުން އޭ.ޕީ.ސީގެ ކޭޝްފްލޯ އަށް ނޭދެވޭ އަސަރުކޮށްފައިވާތީ އާއި އަދި ސޯލަރ ޕަވަރ ޕްލާންޓްތަކަށް އޮތް ޑިމާންޑް ބޮޑުވެފައިވާތީ، މިޙިދުމަތް ދިނުމަށްޓަކައި ސަޕްލަޔަރުންގެ އަތުން ކްރެޑިޓަށް މުދާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫ ޕީޕަލްސް ކޯޕްރޭޓިވް އަށް 150,000 ޔޫ.އެސް ޑޮލަރުގެ ލެޓަރ އޮފް ކްރެޑިޓް ފެސިލިޓީ އެއް މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ހަމަޖެއްސެވުމަށް އައްޑޫސިޓީ ކައުންސިލް އިން އެ ކޯޕަރޭޓިވްއަށް ގެރެންޓީ ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/84

ތާރީޚް: 26 އޯގަސްޓް 2020