އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ސޭފް ހޯމް އަދި އެލްޑަރލީ ހޯމް ގާއިމްކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

16 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ސޭފް ހޯމް އަދި އެލްޑަރލީ ހޯމް ގާއިމްކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

           މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " އައްޑޫސިޓީގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޭފް ހޯމެއް ޤާއިމުކުރުމަށް 10,000 އަކަފޫޓުގެ ބިމެއް މަރަދޫ އަވަށުން ހަމަޖެއްސުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި، އެކުވެރި ގެވެށި މާހައުލެއް ޤާއިމްކުރުމަށްޓަކައި "އެލްޑަރލީ ހޯމް" އެއް ޤާއިމުކުރުމަށް 15,000 އަކަފޫޓުގެ ބިމެއް ފޭދޫ އަވަށުން ހަމަޖެއްސުމަށް ފެންނަކަމަށާއި، މަރަދޫ އަދި ފޭދޫ އަވަށުން މި ބިންތައް ހަމަޖެއްސެން ނެތްނަމަ ހިތަދޫ އަވަށުން މިބިންތައް ހަމަޖެއްސުމަށާއި، ބިންތައް ކަނޑައަޅާއިރު އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭނަށް ބަލައި އެ އަވަށަކުން ބިންތައް ދެވެން އޮތް ސަރަހައްދުތައް ކަނޑައެޅުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/91

ތާރީޚް: 16 ސެޕްޓެމްބަރ 2020