އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަދި މީދޫ އަވަށުގައި "ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯސް ހިންގުމަށް ނަސްރިއްޔާ ޕްރިސްކޫލް ހިންގި އިމާރާތް ދޫކުރުމާ ގުޅޭ

16 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގައި "ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯސް ހިންގުމަށް ކުރިން ހުޅުދޫ ނަސްރިއްޔާ ޕްރިސްކޫލް ހިންގި އިމާރާތް ދޫކުރުމަގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަ އިބްރާޙިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

           މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި އައްޑޫސިޓީ ހުޅޫދޫ ހީނާމާގެ ޝަފީޤް ހަސަން އަދި މީދޫ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް އާއި ގުޅިގެން ހުޅުދޫމީދޫގައި ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯހަކީ ހިލޭސާބަހަށް އައްޑޫގެ ޒުވާނުންނަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށާއި މި ކޯސް ހިންގުމަށް ހުޅޫދޫ ނަސްރިއްޔާ ޕްރީސްކޫލް ހިންގި އިމާރާތް އެފަރާތަށް 6 މަސް ދުވަހުގެ މުއްދަތަށް ދޫކުރުމަށާއި، މި މުއްދަތުގައި އެ އިމާރާތަށް ދާނެ ކަރަންޓުގެ ޚަރަދު ކައުންސިލްއިން އަދާކުރެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/92

ތާރީޚް: 16 ސެޕްޓެމްބަރ 2020