އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޕަބްލިކް ވޯރކްސް އިން އާއްމު ފަރާތްތަކަށް އެކިއެކި ބޭނުންތަކަށް ވިއްކާ ވެލި އެފަރާތްތަކުން ގެންނަ އުޅަނދެއްގައި ދޫކުރުން

22 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޕަބްލިކް ވޯރކްސް އިން އާއްމު ފަރާތްތަކަށް އެކިއެކި ބޭނުންތަކަށް ވިއްކާ ވެލި އެފަރާތްތަކުން ގެންނަ އުޅަނދެއްގައި ދޫކުރުމާއި މެދު ކައުންސިލް އިން ގޮތަށް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

           މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އާއްމު ފަރާތްތަކަށް އެކިއެކި ބޭނުމަށް އައްޑޫއިން ވިއްކާ ވެލި ދޫކުރުމުގައި، އެފަރާތްތަކުން ގެންނަ އުޅަނދެއްގައި ވެލި ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، އެފަދަ ފަރާތްތަކުން ގެންނަ އުޅަނދު ތަކުގައި  ވެލި ވިއްކޭނެ އިންތިޒާމް ފަހިކޮށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައި، ވެލި އުފުލުމަށް ބޭނުންކުރާ އުޅަނދު އަވަށު އޮފީހުގައި ރަޖިސްޓްރީ ވުމަށާއި، ވެލި އުފުލުމަށް ބޭނުންކުރާ އުޅަނދުތައް އެނގޭނެހެން ރަޖިސްޓްރީ ނަންބަރެއް ދޫކުރުމަށްފަހު އެކަން އައްޑޫ ޕަބްލިކް ވާރކްސްގެ ސައިޓްތަކަށް އެނގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ވެލި ވިއްކާ އަގު ކަނޑައެޅުމުގައި، ޓަނެއް (ވެލި ޓަނެއް)  100.00 ރުފިޔާ (ސަތޭކަ ރުފިޔާ) ގެ ރޭޓުން ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/95

ތާރީޚް: 22 ސެޕްޓެމްބަރ 2020