އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެސް.ޓީ.އޯ ބިލްޑިންގ ހުޅުދޫ މީދޫ" ބެލެހެއްޓުމާއި މެދު ކައުންސިލްއިން ގޮތެއް ނިންމުން

22 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ނަންބަރ 60-CLA/CON-L/2020/495 އެއްބަސްވުމުން މިއިދާއާއި ހަވާލުކުރެވިފައިވާ އެސް.ޓީ.އޯ ބިލްޑިންގ ހުޅުދޫ މީދޫ" ބެލެހެއްޓުމާއި މެދު ކައުންސިލްއިން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެސް.ޓީ.އޯ ހުޅުދޫ-މީދޫ ބިލްޑިނގްއަކީ ނަންބަރ 60-CLA/CON-L/2020/495 އެއްބަސްވުމުން މިއިދާރާއާއި ހަވާލުކުރެވިފައިވާ ޢިމާރާތެއް ކަން ފާހަގަކޮށް މި ޢިމާރާތް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް 06 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ފެންނަކަމަށާއި، މިގޮތުން އެކުލަވާލެވޭ ކޮމިޓީގައި ތިރީގައި މިދަންނަވާ ދާއިރާތަކުން މެމްބަރުން ހިމަނައި ކޮމިޓީ އެކުލަވާލުމަށްފަހު، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސް ކޮމިޓީ ގެ ރިޕޯރޓް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

އެސް.ޓީ.އޯ ހުޅުދޫ-މީދޫ ބިލްޑިނގް ކައުންސިލުން ބެލެހެއްޓުމުގައި ޢަމަލުކުރާނެ ގޮތް ނިންމުމަށް އެކުލަވާލެވުނު ކޮމިޓީ .

  1. ހުޅުދޫ ދާއިރާގެ ކައުންސިލަރ ( ކައުންސިލަރ އިބްރާހީމް ޝުކުރީ)
  2. އައްޑޫމީދޫ ދާއިރާ ކައުންސިލަރ ( ކައުންސިލަރ ޙުސައިން ޙިޔާޟް)
  3. ހުޅުދޫ އަވަށުއޮފީހުގެ އިދާރީ އިސް މުވައްޒަފު
  4. މީދޫ އަވަށުއޮފީހުގެ އިދާރީ އިސް މުވައްޒަފު
  5. އެޑްމިން ސެކްޝަން ހެޑް
  6. ޕްރޮޖެކްޓް ސެކްޝަން ހެޑް

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/96

ތާރީޚް: 22 ސެޕްޓެމްބަރ 2020