އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަވަށުން ދޫކުރާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށްފަހު ހުށަހެޅި ރިޕޯޓާ ގުޅޭ

29 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެއިދާރާގެ ނަމްބަރު: (IUL)426-AB/426/2019/255އިޢުލާނު އަދި (IUL)426-AB/426/2019/306  ނަންބަރ އިޢުލާނާއި ގުޅިގެން މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި 237 ފަރާތުން ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށްފަހު ހުށަހެޅުނު ރިޕޯޓާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ހުސައިން ހިޔާޟް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަމްބަރު (IUL)426-AB/426/2019/255 އިޢުލާނު އަދި ނަމްބަރު: (IUL)426-AB/426/2019/306  އިޢުލާނާއި ގުޅިގެން މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި 237 ފަރާތުން ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމަށްފަހު ހުށަހެޅުނު ރިޕޯޓާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު،  އިވެލުއޭޝަން ކޮމިޓީގެ ރިޕޯޓާއި އެކު ހުށަހެޅިފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޢާއްމުކޮށް ފުރުޞަތު ހުޅުވާލުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ހުސައިން ހިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/98

ތާރީޚް: 29 ސެޕްޓެމްބަރ 2020